ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ (ސީ.އެސް.އޭ.އީ) ގެ 10 ވަނަ އެޑިޝަނުގެ މުހިންމު ހަރަކާތެއް ކަމުގައިވާ “ސައުތު އޭޝިއާ ކޮމޯޑިޓީ (ޓީ) ފެސްޓިވަލް” ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބައިވެރިވެއްޖެއެވެ. މި ފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ރިފާއުއެވެ.
މި ހަރަކާތުގެ ތެރެއިން، ސަރަހައްދީ ފެންވަރުގައި ސީ.އެސް.އޭ.އީގެ ޕްރީމިއަމް އުފެއްދުންތައް އިޝްތިހާރުކުރުމުގެ ބައިވެރިއެއްގެ ގޮތުން (ރީޖަނަލް ޕްރޮމޯޝަން ޕާޓްނަރ) ރާއްޖެއަށް ވަނީ ހާއްސަ ޝަރަފެއް އަރުވާފައެވެ. މި ފެސްޓިވަލް އިންތިޒާމުކުރި ފަރާތުން މިނިސްޓްރީއަށް އެރުވި މި ޝަރަފުގެ މެޑަލްއާ، ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ރިފާއުއެވެ.