މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި، ވިޔަފާރި، އިންވެސްޓްމެންޓް، މަސައްކަތްތެރިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، އަދި ވަޒީފާގެ ބާޒާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާ އަދި ބިދޭސީންގެެ ވަޒީފާއާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި، އިސް ދައުރެއް މި މިނިސްޓްރީއިން އަދާކުރެއެވެ. މި މިނިސްޓްރީއިން ފޯރުކޮށްްދޭ ވިޔަފާރީގެ ހިދުމަތްތަކުގެ ތެރޭގައި، ވިޔަފާރިއާއި އިންވެސްޓްމަންޓް ރެޖިސްޓްރީ ކުރުމުގެ ހިދުމަތާއި އެކްސްޕެޓްރިއޭޓް އެމްޕްލޮއިމެންޓް ސާރވިސަސް ހިމެނެއެވެ. މި މިނިސްޓްރީގެ އިދާރީ އޮނިގަނޑު ބެހިގެންވަނީ 5 ޑިޕާރޓްމަންޓް އެއްގެ މައްޗަަށެވެ.
އަމާޒު
ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަކީ، ވިޔަފާރިއާއި އިންވެސްޓްމަންޓް އަށް ފަހި މާހައުލަކަށް ހެދުމާއި، ވިޔަފާރިކުރުމުގައި، ސާފު، ދެފުއް ފެންނަ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި، ވިޔަފާރިތކުގެެ ބައިވެރިވުން އިތުރުކުރުން.
ތަސައްވުރު
ގައުމީ ތަރައްގީގެ ލަނޑުދަޑިތަށް ހާސިލްކުރުމަށްޓަކައި، ސަރުކާރާއި، ދައުލަތާއި ވިޔަފާރިތައް ތަމްސީލްކުރާ ފަރާތްތަކާއެކު ވިލަރެސްކޮށް، ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް، ދެމެހެއްޓެނެވި އިގްތިސާދީ ތަރައްޤީގެ ސިޔާސަތުތަށް އެކަށައެޅުންް.