Skip to content

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަކީ، ޤާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤާނޫނީ އިދާރާއެކެވެ. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާއި ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކުރުމެވެ. މި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ 31 އޯގަސްޓް 2021 ގައެވެ.