މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ފުޒޯގައި ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމްގެ މަގުސަދަކީ، ދިވެހިރާއްޖެ އާއި ޗައިނާއާ ދެ ގައުމު ދެމެދު ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމާއި، ޗައިނާގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ޙިއްޞާވުމަށް މަގު ފަހިކޮށްދިނުމެވެ.


