ބިޒްނަސް ސެންޓަރ ކޯޕަރޭޝަން – ކުދި ޢާއިލީ ފިހާރަތަކުން ފެށިގެން އީޖާދީ ގޮތެއްގައި އަލަށް ފެށޭ ވިޔަފާރިތަކަކީ ޤައުމީ އާމްދަނީއާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، މުޖުތަމަޢު ބާރުވެރިކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކުރާ އިގްތިޞާދީ ބާރެކެވެ. އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އެމް.އެސް.އެމް.އީ އެވޯޑުގެ ނަމުގައި ޚާއްޞަ އެވޯޑެއް ދިނުމަކީ މުހިންމު މަޤްޞަދުތަކެއް ހާސިލުކުރުމަށް ބާރުއަޅާ އިސްނެގުމެކެވެ.
މި އެވޯޑުތަކުން ސަބަބުން ވިޔަފާރިތައް ވަރުގަދަވެ، އިޤްތިޞާދީ ކުރިއެރުމަށްވެސް ބާރުއަޅައެވެ. އަދި ޤައުމުގެ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ހިންގަނީ ޒުވާން ވިޔަފާރިވެރިންނާއި އަންހެނުން ކަމަށް ވުމާއިއެކު، މި އެވޯޑުގެ ޒަރީއާއިން އެމީހުންގެ މަސައްކަތްތައް ފާހަގަކުރެވި، ވިޔަފާރިތައް އިޝްތިހާރުވެ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ފުރުޞަތު ފަހިވެގެން ދާނެއެވެ.
ދެމެހެއްޓެނިވި އުސޫލުތަކަށާއި އިޖްތިމާޢީ ޒިންމާތަކަށް ޚާއްސަ ކުރެވިފައިވާ ގިންތިތަކާއެކު، މި އެވޯޑުތަކުން ވިޔަފާރިތަކަށް ތިމާވެއްޓާ ރަޙުމަތްތެރި ސިޔާސަތުތައް ކަނޑައެޅުމަށް ހިތްވަރުދެއެވެ.
އަދި މި އެވޯޑުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކުގެ ދާއިރާގައި މަސައްކަތްތެރިކަމާއި ކަންކަން ހިންގުމުގެ މިންގަނޑުތައް މަތިކުރުމަށް އެހީތެރިވެއެވެ. ކަމޭދުންނަށް ޚިދުމަތް ދިނުމާއި، މާލީ ކަންކަން ހިންގުމާއި، އީޖާދީ ކަންކަމާއި، ފެންވަރު ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް ބޭނުންކުރުމަށް ވިޔަފާރިތަކަށް ހިތްވަރުލިބެއެވެ. ދިވެހި ވިޔަފާރިވެރިންގެ ކާމިޔާބީތައް ފާހަގަކުރުމުން، ދިވެހި މުޖުތަމަޢުގައި ހުރި އީޖާދީ ސިފަތަކާއި، ބުރަ މަސައްކަތްތަކަށް ޤަދަރުކުރުމަށް އެހީތެރިވެއެވެ. މި ކާމިޔާބީގެ ވާހަކަތަކަކީ ޤައުމުގައި ހުރި ވަޞީލަތްތަކުގެ މަތިން ހަނދާންކޮށްދޭ ކަންކަން ކަމަށްވާއިރު، ދިވެހި ވިޔަފާރިތަކަށް ތާޢީދުކުރުމަށް ރައްޔިތުންނަށް ހިތްވަރުލިބި،މި ޖަމާޢީ ފަޚުރުގެ ސަބަބުން އެއްބައިވަންތަކަން އުފެދި، ޤައުމީ ވަންތަކަން ވަރުގަދަވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި ވިޔަފާރިތަކުގެ އަގު ވަޒަންކޮށް ދެވޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު އެކި ބާވަތުގެ ވިޔަފާރި ކުރައްވާ 33 ވިޔަފާރިން އެވޯޑަށް ކުރިމަތިލެއްވިއެވެ.
މި އަހަރުގެ އެސްއެމްއެސްއީ އެވޯޑު ހަފްލާ އޮންނާނީ 28 ނޮވެންބަރު 2025 ވާ ހުކުރު ދުވަހުގެ ރޭއެވެ.