އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ގައި ބައިވެރިވެއްޖެއެވެ.
މި ފޯރަމްގައި މިނިސްޓްރީގެ ފަރާތުން ވަނީ “އިންޓެކެލްޗުއަލް ޕްރޮޕަރޓީ ރައިޓްސް ލޯ، އެފްޑީއައި އެންޑް އަދަރ ރެގިއުލޭޓަރީ އަޕްޑޭޓްސް” ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންގޮސްފައެވެ.
މި ޕެނަލް ޑިސްކަޝަންގައި އަލަށް އެކުލަވާލެވުނު ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނާއި، އިޞްލާޙުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.