މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025 ގައި ބައިވެރިވެވަޑައިގެންފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި ވިޔަފާރިތަކުގެ އަގު ވަޒަންކޮށް ދެވޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު އެކި ބާވަތުގެ ވިޔަފާރި ކުރައްވާ 33 ވިޔަފާރިން އެވޯޑަށް ކުރިމަތިލެއްވިއެވެ. މީގެ ތެރެއިން 21 ފަރާތަކުން ވަނީ އެވޯޑު ކާމިޔާބުކޮށްފައެވެ.
- މައިކްރޯ އެމްއެސްއެމްއީ އޮފް ދަ އިޔަރ – ނޮޑީސް ކޮފީ
- ސްމޯލް އެމްއެސްއެމްއީ އޮފް ދަ އިޔަރ – ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް
- މީޑިއަމް އެމްއެސްއެމްއީ އޮފް ދަ އިޔަރ – އޮއިވާލި އާޓް ޝޮޕް
- ސްޓާޓް އަޕް އޮފް ދަ އިއަރ – ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑް
- ގްރީން އެމްއެސްއެމްއީ އޮފް ދަ އިއަރ – ފަހި ގޮވާން
- ޓެކް އެމްއެސްއެމްއީ އޮފް ދަ އިއަރ – ޕިނެޓް ވޯކްސް ޕްރައިވެޓް ލިމިޓެޑް
- އައުޓް ސްޓޭންޑިން ސޯޝަލް ކޮންޓްރިވިއުޝަން އޮފް ދަ އިއަރ – ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް
- ކްރިއޭޓިވް އެމްއެސްއެމްއީ އޮފް ދަ އިއަރ – އެންކްރިއަރ ޕްރައިވެޓް ލިމިޓެޑް
- ނެކްސްޓް-ޖެން އެމްއެސްއެމްއީ އޮފް ދަ އިއަރ – ޖަވާބު ޕްރައިވެޓް ލިމިޓެޑް
- ޔޫތް-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ – ފޯ ދަ ސޮއުލް ބައި ހިމޫ
- ވުމަން-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ – މާޔާ ނާސިހް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެންޓެޓައިންމެންޓް – ޑީޓިއުން ބޭންޑް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: މިއުޒިކް ޕްރޮޑަކްޝަން – މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފޮޓޯގްރަފީ – ލައިޓްސް އައުޓް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިލްމް ޕްރޮޑަކްޝަން – ދަ ކްރިސްޓަލް ކޮމްޕެނީ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފައިން އާޓިސަން – މެކްރަމަމާ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިޓްނެސް އެންޑް ރެކްރިއޭޝަން – ލެގަސީ ފިޓްނެސް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފެޝަން އެންޑް އެޕަރަލް ޑިޒައިން – ފާތިމާ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ލައިފް ސްޓައިލް ބްރޭންޑް – ޓްރޮޕިކަލް ޑިޒައިންސް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެފް އެންޑް ބީ – މެރަކީ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ކޮންޓެންޓް ކްރިއޭޝަން – ތަކެތި
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: މާކެޓީން – ލޫޕް ކްރާފްޓް
މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.