Skip to content
ހޯމް » އިންވެސްޓްކުރުމާއި ވިޔަފާރީގެ ދާއިރާއިން ފިންލޭންޑާއެކު ގުޅުން ބަދަހިކުރުމަށް ވެބިނާއެއް ބާއްވައިފި

އިންވެސްޓްކުރުމާއި ވިޔަފާރީގެ ދާއިރާއިން ފިންލޭންޑާއެކު ގުޅުން ބަދަހިކުރުމަށް ވެބިނާއެއް ބާއްވައިފި

އިންވެސްޓްކުރުމާއި ވިޔަފާރީގެ ދާއިރާއިން ފިންލޭންޑާއެކު ގުޅުން ބަދަހިކުރުމަށް ވެބިނާއެއް ބާއްވައިފި

އެމްބަސީ އޮފް ފިންލޭންޑް އެންޑް ބިޒްނަސް ފިންލޭންޑާ ގުޅިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްކުރުމުގެ ފުރުސަތުތަކަށް އަލިއަޅުވާލާ ވެބިނާއެއް މިއަދު ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.

މި ވެބިނާގެ މަޤުޞަދަކީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ހިއްސާކޮށް، ފިންލޭންޑްގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމެވެ.

މި ވެބިނާގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިންވެސްޓް މޯލްޑިވްސް އާއި ކްރިއޭޓިވް އިކޮނޮމީގެ ޓީމުތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދީފައިވާއިރު، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވެސް ވަނީ މުހިންމު މަޢުލޫމާތުތައް ދެއްވައިފައެވެ.

މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އުފެއްދުންތެރި ސިނާއަތްތަކުގައި އުފެދިފައިވާ ފުރުސަތުތަކުގެ މައްޗަށެވެ.

މިއީ ބައިނަލްއަގްވާމީ ބައިވެރިކަން އާލާކޮށް، އިންވެސްޓްކުރުމަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ވެބިނާއެކެވެ.