އިންޑިއާގެ މިނިސްޓްރީ އޮފް ފިނޭންސްގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެފެއާޒްގެ ވަފުދެއް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ އިންޑިއާ-ރާއްޖެ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއާ ގުޅިގެން ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން ހަރުދަނާކުރުމަށް ކުރިއަށްގެންދެވުނު ބައްދަލުވުމެކެވެ.