Skip to content
ހޯމް » 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގެ “ސައުތު އޭޝިއާ ކޮމޯޑިޓީ ފެސްޓިވަލް” ގައި ރާއްޖެއިން ބައިވެރިވެ، ޝަރަފުވެރި އެވޯޑެއް ހާސިލުކޮށްފި

10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގެ “ސައުތު އޭޝިއާ ކޮމޯޑިޓީ ފެސްޓިވަލް” ގައި ރާއްޖެއިން ބައިވެރިވެ، ޝަރަފުވެރި އެވޯޑެއް ހާސިލުކޮށްފި

10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގެ “ސައުތު އޭޝިއާ ކޮމޯޑިޓީ ފެސްޓިވަލް” ގައި ރާއްޖެއިން ބައިވެރިވެ، ޝަރަފުވެރި އެވޯޑެއް ހާސިލުކޮށްފި

ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ (ސީ.އެސް.އޭ.އީ) ގެ 10 ވަނަ އެޑިޝަނުގެ މުހިންމު ހަރަކާތެއް ކަމުގައިވާ “ސައުތު އޭޝިއާ ކޮމޯޑިޓީ (ޓީ) ފެސްޓިވަލް” ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބައިވެރިވެއްޖެއެވެ. މި ފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ރިފާއުއެވެ.

މި ހަރަކާތުގެ ތެރެއިން، ސަރަހައްދީ ފެންވަރުގައި ސީ.އެސް.އޭ.އީގެ ޕްރީމިއަމް އުފެއްދުންތައް އިޝްތިހާރުކުރުމުގެ ބައިވެރިއެއްގެ ގޮތުން (ރީޖަނަލް ޕްރޮމޯޝަން ޕާޓްނަރ) ރާއްޖެއަށް ވަނީ ހާއްސަ ޝަރަފެއް އަރުވާފައެވެ. މި ފެސްޓިވަލް އިންތިޒާމުކުރި ފަރާތުން މިނިސްޓްރީއަށް އެރުވި މި ޝަރަފުގެ މެޑަލްއާ، ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ރިފާއުއެވެ.