ސަރުކާރުގެ ކެބިނެޓަށް މިފަހުން ގެންނެވި ބަދަލުތަކާއެކު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމަށް މިނިސްޓަރ މުޙައްމަދު ސަޢީދު ޢައްޔަންކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.
މިނިސްޓަރ ސަޢީދު އަލުން ވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ދާއިރާގެ ތެރެއަށް ދަތުރުފަތުރުގެ ދާއިރާ ހިމަނުއްވައި، މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.
މިގޮތަށް ގެނެވުނު އިޞްލާޙީ ބަދަލާއެކު، ދައުލަތުގެ މުހިންމު ދާއިރާތަކުގެ ސިޔާސަތުތައް އެކުލަވައިލުމުގައި އިތުރު ހަރުދަނާކަމެއް އައިސް، ޤައުމުގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ އިސްތިރާތީޖީ މަޝްރޫޢުތައް މިހާރަށްވުރެ ހަލުވިކަމާއެކު ތަންފީޛުވެގެންދާނެ ކަމަށް ބެލެވެއެވެ.