Skip to content
ހޯމް » މިނިސްޓަރ ސަޢީދު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަ “އޮތެންޓިކް މޯލްޑިވްސް” އައުޓްލެޓަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ ސަޢީދު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަ “އޮތެންޓިކް މޯލްޑިވްސް” އައުޓްލެޓަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ ސަޢީދު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަ “އޮތެންޓިކް މޯލްޑިވްސް” އައުޓްލެޓަށް ޒިޔާރަތްކުރައްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި އަލަށް ތަރައްޤީކޮށްފައިވާ “އޮތެންޓިކް މޯލްޑިވްސް” ފިހާރައަށް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި އައުޓްލެޓަކީ ދިވެހި އުފެއްދުންތަކުގެ ފެންވަރު ދައްކައިދޭނެ ފަދަ، ޒަމާނީ އަދި ކުރިމަގަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ފުރިހަމަ ރީޓެއިލް ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނެއް ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި އުފެއްދުންތަކަށް ޚާއްޞަކޮށްފައިވާ މި ސަރަޙައްދު ވަނީ 60 އަކަ މީޓަރުން 150 އަކަ މީޓަރަށް ބޮޑުކުރެވިފައެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގެ އުފެއްދުންތެރި ސިނާޢަތްތައް ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.