Skip to content
ހޯމް » ޖޫން މަހުގެ ފުރަތަމަ ފަނަރަ ދުވަހު ޓްރާންސްޕޯޓްގެ ކޯލް ސެންޓަރުން 2,000 އަށްވުރެ ގިނަ ކޯލަށް ޚިދުމަތް ދީފި

ޖޫން މަހުގެ ފުރަތަމަ ފަނަރަ ދުވަހު ޓްރާންސްޕޯޓްގެ ކޯލް ސެންޓަރުން 2,000 އަށްވުރެ ގިނަ ކޯލަށް ޚިދުމަތް ދީފި

ޖޫން މަހުގެ ފުރަތަމަ ފަނަރަ ދުވަހު ޓްރާންސްޕޯޓްގެ ކޯލް ސެންޓަރުން 2,000 އަށްވުރެ ގިނަ ކޯލަށް ޚިދުމަތް ދީފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން ގާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ޚިދުމަތްތައް ހަރުދަނާކަމާއެކު ކުރިއަށްދާއިރު، މިދިޔަ ޖޫން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓްގެ ކޯލް ސެންޓަރު މެދުވެރިކޮށް 2,000 އަށްވުރެ ގިނަ ފޯނު ކޯލަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން 1 އިން 15 އަށް އެ ސެންޓަރަށް ލިބުނު ކޯލްތަކުގެ ތެރެއިން އެވްރެޖްކޮށް 82 އިންސައްތަ ކޯލަށް ވަނީ ޖަވާބުދީފައެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ދަތުރުފަތުރާ ގުޅުންހުރި އެކި ޚިދުމަތްތައް ވީހާވެސް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ކޯލް ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ހުންނަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމާއި، ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި، އުޅަނދު ރަޖިސްޓްރީ ކުރުމާ ގުޅޭ އެންމެހައި މަޢުލޫމާތުތައް ހިމެނެއެވެ.

ވީމާ، ދަތުރުފަތުރާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ޓްރާންސްޕޯޓް ހޮޓްލައިން ނަންބަރު 1511 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.