Skip to content
ހޯމް » ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ދިވެހިރާއްޖޭގައި ޕޭޕަލް (PayPal) ގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދެއް ފުއްދެވުމަށްޓަކައި އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށެވެ.

މިއީ “ވިޝަން 2040” ގެ ދަށުން، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، މަތީ އާމްދަނީ ލިބޭ ޤައުމަކަށް ހެދުމަށް ސަރުކާރުން އެކުލަވާލާފައިވާ ފުޅާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި “މޯލްޑިވްސް 2.0” ޑިޖިޓަލް ބަދަލުގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ވާސިލުވާއިރު، ޤައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) މަދުވެގެން 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުގެ ހިއްސާކަމުގައި ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

ވިޔަފާރިވެރިންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި (ފްރީލާންސަރުން)، އުފެއްދުންތެރިން އަދި ކުންފުނިތަކުން އިތުބާރާއެކު ކުރިއަށް ނިކުމެ، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކޮށް، އާ އުފެއްދުންތައް ތަޢާރަފުކުރުމަށް ލިބިފައިވާ މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވައި އިލްތިމާސްކުރައްވާފައެވެ.