Skip to content
ހޯމް » އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯ، މިނިސްޓަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯ، މިނިސްޓަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯ، މިނިސްޓަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އުރީދޫ މޯލްޑިވްސްގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރ، ޝާޑީ ގަވަސްމީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ، މަޤާމުން ވަކިވެވަޑައިގަންނަވާ ސީ.އީ.އޯ، ޚާލިދު ޙަސަން އަލް-ޙަމާދީ އަށް އަލްވަދާޢު ކިޔުމަށް ބޭއްވުނު ބައްދަލުވުމެއްވެސްމެއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ދެފަރާތުގެ ދެމެދުގައިވާ އިސްތިރާޖީ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ރާއްޖޭގެ ޑިޖިޓަލް އީޖާދުތައް ކުރިއަރުވައި، އެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުންނެވެ.