Skip to content
ހޯމް » މިނިސްޓަރ، ވޯލްޑް އިކޮނޮމިކް ފޯރަމް 2026 ގެ ހަވާސާގައި ގޯލްޑްމަން ސެކްސް ގްލޯބަލް އިންސްޓިޓިއުޓްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ، ވޯލްޑް އިކޮނޮމިކް ފޯރަމް 2026 ގެ ހަވާސާގައި ގޯލްޑްމަން ސެކްސް ގްލޯބަލް އިންސްޓިޓިއުޓްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ، ވޯލްޑް އިކޮނޮމިކް ފޯރަމް 2026 ގެ ހަވާސާގައި ގޯލްޑްމަން ސެކްސް ގްލޯބަލް އިންސްޓިޓިއުޓްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، ގޯލްޑްމަން ސެކްސް ގްލޯބަލް އިންސްޓިޓިއުޓްގެ ކޯ-ހެޑް އަދި ޕްރެޒިޑެންޓް އޮފް ގްލޯބަލް އެފެއާޒް، މިސްޓަރ ޖެރެޑް އޭ. ކޯހެންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ސުވިޒަލޭންޑްގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގެ ތެރެއިން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި އައު ފުރުޞަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.