Skip to content
ހޯމް » ޓްރޭޑްމަރކް ބިލް ކޮމެންޓަށް ހުޅުވާލުން

ޓްރޭޑްމަރކް ބިލް ކޮމެންޓަށް ހުޅުވާލުން

ޓްރޭޑްމަރކް ބިލް ކޮމެންޓަށް ހުޅުވާލުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މަގުޗާޓުގައި ހިމެނޭ ކަމެއްކަމުގައިވާ ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ފިކުރީ މުދަލާގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގައި ޓްރޭޑްމަރކާ ގުޅުންހުރި ޙައްޤުތައް ރަޖިސްޓަރީކޮށް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކްގެ ބިލު އެކުލަވާލައި އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާނެއެވެ.

މި ބިލު އެކުލަވާލުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓަރީ ކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް އެކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ޓްރޭޑްމާރކް، އަދި އެހެނިހެން ފިކުރީ މުދަލާ ގުޅޭ ޙައްޤުތައް ތަންފީޒުކޮށް، ހިންގުމަށްޓަކައި އިދާރީ އޮނިގަނޑެއް އެކުލަވާލައި އަދި މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލު އަދި ޙައްޤު ގެއްލޭ ފަރާތްތަކަށް ލިބިދޭ ފަރުވާ ބަޔާންކުރުމެވެ. އެހެންކަމުން، މި ބިލުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ޢާންމުންގެ ޚިޔާލު ލިބުމަކީ، ސަރުކާރުގެ މި މުހިއްމު މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ކަމުގައި ދެކި، ޢާންމުންގެ ޚިޔާލު ހުށަހެޅުއްވުމަށް އެދެމެވެ.

ވީމާ، ޓްރޭޑްމަރކުގެ ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއްވާނަމަ، 14 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] މެދުވެރިކޮށް ނުވަތަ ލިޔުމުން މި މިނިސްޓްރީއަށް އެ ޚިޔާލެއް ފޮނުއްވައިދެއްވުން އެދި ދަންނަވަމެވެ.