މި އަހަރުގެ މެއި މަހުގެ 23 އިން 31 ގެ ނިޔަލަށް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025، މިނިސްޓަރ މުޙައްމަދު ސަޢީދު އިފްތިތާހުކޮށްދެއްވައިފި.
މި މައުރަޒަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.