Skip to content
ހޯމް » ސްޓޭޓް މިނިސްޓަރ ޒާމިރު އާއެކު މިނިސްޓްރީގެ ވަފުދެއް، 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އަދި 28 ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ އެގްޒިބިޝަންގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގެންފިއެވެ.

ސްޓޭޓް މިނިސްޓަރ ޒާމިރު އާއެކު މިނިސްޓްރީގެ ވަފުދެއް، 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އަދި 28 ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ އެގްޒިބިޝަންގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގެންފިއެވެ.

ސްޓޭޓް މިނިސްޓަރ ޒާމިރު އާއެކު މިނިސްޓްރީގެ ވަފުދެއް، 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އަދި 28 ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރ އެގްޒިބިޝަންގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގެންފިއެވެ.

ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު އާއި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސާލިމް ސަޢީދު އަދި ސީނިއަރ ޕޮލިސީ އޮފިސަރ މުސްޠަފާ ޢަބްދުލް ޢަފޫރު 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އަދި 28 ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގެންފިއެވެ. މި އިވެންޓުގައި 80 އަށްވުރެ ގިނަ ޤައުމުތަކުން ބައިވެރިވެއެވެ.

މި ދަތުރުފުޅުގައި މިއަދު ހެނދުނު ބޭއްވުނު 28 ވަނަ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއަރގެ އިފްތިތާޙީ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓުގައި ދިވެހިރާއްޖޭގެ ދެ އެސްއެމްއީއަކުން އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކުވައިދެއެވެ. މިއީ ދިވެހި އުފެއްދުންތައް ދުނިޔޭގެ މާރުކޭޓަށް ތަޢާރަފުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

މި އެކްސްޕޯ ކުރިއަށްދާނީ ޖުލައި 23 އިން ޖުލައި 28 އަށެވެ. މިއީ ދިވެހި އެސްއެމްއީތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތެކެވެ. ސްޓޭޓް މިނިސްޓަރ ޒާމިރު ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ހޯދައި، ބޭރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.

މި ދަތުރުފުޅުގެ މަޤްޞަދަކީ އިޤްތިޞާދީ ގުޅުން ބަދަހިކޮށް، އެހެން ޤައުމުތަކާއެކު އެއްބާރުލުމުގެ ފުރުޞަތުތައް ހޯދުމެވެ. މިއީ ދިވެހިރާއްޖެއިން އިޤްތިޞާދީ ޑިޕްލޮމަސީއަށާއި ދުނިޔޭގެ ވިޔަފާރި ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.