Skip to content
ހޯމް » އިންޑިޔާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ސީރީޒް ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބާއްވައިފި

އިންޑިޔާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ސީރީޒް ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބާއްވައިފި

އިންޑިޔާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ސީރީޒް ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބާއްވައިފި

އިންޑިޔާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ސީރީޒް އިންޑިއާގެ ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ވަނީ ބާއްވާފައެވެ. 7 އޮކްޓޯބަރ 2024 ވީ ހޯމަ ދުވަހުން ފެށިގެން 9 އޮކްޓޯބަރ 2024 ވީ ބުދަދުވަހުގެ ނިޔަލަށް އިންޑިއާގެ 3 ސިޓީގައި ބޭއްވުނު މިތިން ފޯރަމް ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޙަރަކާތެކެވެ. މިފޯރަމްގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އިންޑިޔާގެ ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރޒް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (ފިކީ)، ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އަދި އެސޯސިއޭޓަޑް ޗެމްބަރޒް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާ (އަސޯޗަމް) އާ ގުޅިގެންނެވެ. މި ފޯރަމް އަކީ ދެ ޤައުމުގެ ދެމެދުގައި އިޤްޠިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ. މި ފޯރަމްގައި ދެޤައުމުގެ ފަރާތުން ސަރުކާރުގެ އިސްވެރިންނާއި އެކި ދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ.

މި ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ޢަމާޒުހިފާފައިވާ އިޤްޠިޞާދު ސިންދަފާތުކުރުމުގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. މިގޮތުން ރާއްޖޭގައި ފޯރުކޮށްދެވޭ މާލީ ޚިދުމަތްތައް ފުޅާކުރުމާއި، މެރިޓައިމް ދާއިރާއާއި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރު ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މިނިސްޓްރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާހެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ދަޢުވަތުދެއްވާ، އިޤްތިސާދު ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރިތަކާ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓުގެ ރޯލު ވަރަށް މުހިންމު ކަމުގައި ބަޔާންކުރެއްވިއެވެ.

ފޯރަމްތަކުގެ އެޖެންޑާގެ މުހިއްމު އައިޓަމްތަކުގެ ތެރޭގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި، ދާދި ފަހުން ތަސްދީޤުކުރެވުނު ފޮރިން އިންވެސްޓަމަންޓް ޤާނޫނުގެ ދަށުން އިންވެސްޓަރުންނަށް ލިބިގެންދާނެ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.