މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، އަޒަރުބައިޖާންގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާރޒް، ހިޒް އެކްސެލެންސީ މރ. އެލްނޫރ މަމަޑޮވް އާ ބައްދަލު ކުރައްވައިފި. އަޒަރުބައިޖާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، އަޒަރުބައިޖާންގެ ވަފުދުގެ ބޭފުޅުންނަށް، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވިގެން ދިޔަ. މިގޮތުން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް، އުމްރާނީ ތަރައްގީއާ ގުޅޭ މުހިންމު އިންވެސްޓްމަންޓްތައް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ، ދަތުރުފަތުރާއި އޭވިއޭޝަން ފަދަ ދާއިރާތަކުން ހުރި ފުރުސަތުތައް ފާހަގަ ކުރަން.
މިނިސްޓަރ މުޙައްމަދު ސަޢީދު އަޒަރުބައިޖާންގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އާ ބައްދަލުކުރެއްވުން
- އާންމު
