Skip to content
ހޯމް » އިޤްތިޞާދީ ވުޒާރާއިން އިންޑިއާގެ އެންޕީސީއައި އާއި އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

އިޤްތިޞާދީ ވުޒާރާއިން އިންޑިއާގެ އެންޕީސީއައި އާއި އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

އިޤްތިޞާދީ ވުޒާރާއިން އިންޑިއާގެ އެންޕީސީއައި އާއި އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

އިޤްތިޞާދާ ވިޔަފާރިޔާބެހޭ ވުޒާރާއިން އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަޤުވާމީ ކުންފުނި ކަމުގައިވާ އެންޕީސީއައި އިންޓަރ ނޭޝަނަލް ޕޭމަންޓް ލިމިޓެޑް (އެންއައިޕީއެލް) އާއި އެކު މުހިންމު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ދެ ސަރުކާރުގެ މަންދޫބުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ވަޒީރު ޖައިޝަންކަރު މިއަދު ރާއްޖެ އަށް ފެއްޓެވި ދަތުރުފުގެ ތެރެއިންނެވެ.

މި އެމްއޯޔޫގެ މައިގަނޑު އަމާޒަކީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ތަސައްވަރު ކުރެވިފައިވާ ކްރިއޭޓަރ އިކޮނޮމީގެ ފުރުޞަތުތައް ދިވެހިންނަށް ހޯދައިދިނުމާއި، އީ-ކޮމާސްގެ ދާއިރާ ތަރައްޤީކުރުމާއި، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތުތައް އިތުރުކޮށް މާލީ ބާޒާރު ފުޅާކުރުމެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާނެ ޒަމާނީ ޓެކްނޮލޮޖީއެއް (ޑިޖިޓަލް ޕޭމަންޓްސް ސިސްޓަމް) ތަރައްޤީކުރުމާއި، މާލީ ބާޒާރުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ނެޓްވޯކްތަކާ ގުޅިލާމެހުން އިތުރުކުރުމާއި، އަދި އަލަށް ތަޢަރަފްވަމުން އަންނަ ފައިސާގެ މުޢާމަލާތްތަކާއި، އީ-ކޮމާރސް ބޭނުންހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ދިވެހިރާއްޖޭގައި މާލީ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ދަށުން ހިންގާ އެންޕީސީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އަކީ އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގެ ފައިސާ ދެއްކުމުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. މި ކުންފުނީގެ މަޤްޞަދަކީ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިބި ފަރުދުންނާއި ވިޔަފާރިތަކަށް ބާރުވެރިކަން ދިނުމާއެކު، އެންމެ ޒަމާނީ ފައިސާ ދެއްކުމުގެ ޚިދުމަތްތަކެއްފޯރުކޮށްދިނުމެވެ. އަދި އިތުރަށް ޑިޖިޓަލްވަމުންދާ ދުނިޔެއެއްގައި އިޤްތިޞާދުތަކަށް ކުރިއެރުން ހޯދައިދިނުމަށެވެ.

އެންޕީސީއައި އާއެކު ޤާއިމް ކުރެވުނު މި ގުޅުމަކީ، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޢިޤްތިޞާދުގެ ހަކަތަ އިތުރުކުރުމަށް ކުރަމުންދާ މަސްއްކަތުގައި އާދެވުނު ވަރަށް މުހިންމު މަންޒިލެކެވެ. ކުރިއަރާފައިވާ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންހިފުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ފަރުދުންގެ ބައިވެރިވުން އިތުރުވެ، ކްރިއޭޓަރ އިކޮނޮމީގެ ފުރުސަތުތައް ފުޅާވެމާލީ ވެއްޓެއްގެ މަންފާ ދިވެހި ރައްޔިތުންނަށް ލިބިގެންދިއުމެވެ.