Skip to content
ހޯމް » އިންޑިއާގެ ކޮމާރސް ސެކްރެޓަރީ ސުނިލް ބާރތްވާލް،  މިނިސްޓަރ ސަޢީދު އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

އިންޑިއާގެ ކޮމާރސް ސެކްރެޓަރީ ސުނިލް ބާރތްވާލް،  މިނިސްޓަރ ސަޢީދު އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

އިންޑިއާގެ ކޮމާރސް ސެކްރެޓަރީ ސުނިލް ބާރތްވާލް،  މިނިސްޓަރ ސަޢީދު އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

އިންޑިއާގެ ކޮމާރސް ސެކްރެޓަރީ، ސުނިލް ބާރތްވާލް، އަދި އެމަނިކުފާނު އަރިހު ވަޑައިގެންނެވި އިންޑިއާގެ ވަފުދު، އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާ ބައްދަލުކުރައްވައިފި. މި ބައްދަލުވުމުގައި، އިންޑިއާ-ދިވެހިރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުމުގެ މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން، މަޝްވަރާ ކުރެވުނެވެ.

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާއި، މިވަގުތު ކުރިއަށްގެންދާ މަސައްކަތްތައް މުރާޖަޢާކޮށް، ދެ ޤައުމުގެ ދެމެދުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ފުޅާކޮށް، ވިޔަފާރީގެ ދާއިރާއިން އިތުރު ކުރިއެރުތަށް ހޯދުމެވެ.