Skip to content

2040 އަށް ތަރައްޤީވެފައިވާ ޤައުމަކަށް - އަހަރެއްގެ މުރާޖަޢާ

މި ޝާއިޢުކުރުމުގައި ހިމެނެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަޞައްވުރެވެ. މިގޮތުން މިޝާއިޢުގައި އައު ސަރުކާރުގެ ފުރަތަމަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީތަކާއި ކުރިއަށް ގެންދެވުނު މަޝްރޫޢުތައް ފާހަގަކޮށްފައިވާނެއެވެ. މީގެ ތެރޭގައި އިޤްތިޞާދު ސިންދިފާތުކުރުމާއި، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، އުފެއްދުންތެރި އިޤްތިޞާދު ބާރުވެރިކުރުވުމާއި، މާލީ ޚިދުމަތްތައް ޒަމާނީކުރުމާއި، ބާޒާރަށް ވަދެވޭ މަގު ތަނަވަސްކޮށްދިނުމާއި ބައިނަލްއަޤުވާމީ ވިޔަފާރި ކުރިއެރުވުމާއި، އަދި ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމުކުރުން ހިމެނެއެވެ. 

މި ޝާއިޢުގައި އަލިއަޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ސްޓްރެޓީޖިކް ލޮކޭޝަނުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު، 2040 އަށް ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށާއި ތަފާތު ސިނާއަތްތަކަށް ބިނާވެފައިވާ އިޤްތިޞާދަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރަށެވެ.