Skip to content
ހޯމް » ރާއްޖެއާއި ފިންލޭންޑްގެ ވިޔަފާރިތަކާ ދެމެދު ހަރުދަނާ ޕާޓްނަރޝިޕްތަކެއް ޤާއިމްކުރެއްވުމަށް ސްޓޭޓް މިނިސްޓަރ ޒާމިރު އެދިވަޑައިގެންފި

ރާއްޖެއާއި ފިންލޭންޑްގެ ވިޔަފާރިތަކާ ދެމެދު ހަރުދަނާ ޕާޓްނަރޝިޕްތަކެއް ޤާއިމްކުރެއްވުމަށް ސްޓޭޓް މިނިސްޓަރ ޒާމިރު އެދިވަޑައިގެންފި

ރާއްޖެއާއި ފިންލޭންޑްގެ ވިޔަފާރިތަކާ ދެމެދު ހަރުދަނާ ޕާޓްނަރޝިޕްތަކެއް ޤާއިމްކުރެއްވުމަށް ސްޓޭޓް މިނިސްޓަރ ޒާމިރު އެދިވަޑައިގެންފި

ދިވެހިރާއްޖެއާއި ފިންލޭންޑްގެ ވިޔަފާރިތަކާ ދެމެދު ހަރުދަނާ ޕާޓްނަރޝިޕްތަކެއް ޤާއިމްކުރެއްވުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ޙުސައިން ޒާމިރު އެދިވަޑައިގަންނަވައިފިއެވެ.

ސްޓޭޓް މިނިސްޓަރު މިފަދައިން ގޮވާލައްވާފައިވަނީ އެމްބަސީ އޮފް ފިންލޭންޑް އެންޑް ބިޒްނަސް ފިންލޭންޑާ ގުޅިގެން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޒާމިރު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާއަތެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރެވިފައިވާ ރާއްޖެ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤުތިޞާދީ ސިޔާސަތުގެ ދަށުން، މެރިޓައިމް ލޮޖިސްޓިކްސް، އިއާދަކުރަނިވި ހަކަތަ، ޒަމާނީ މާލީ ޚިދުމަތްތަކުގެ އިތުރުން އުފެއްދުންތެރި އަދި ޑިޖިޓަލް އިޤުތިޞާދު ފަދަ ދާއިރާތަކަށް ސިންދަފާތުކުރަމުން އަންނަ ކަމަށެވެ.

މި ވެބިނާގައި ދެއްކެވި ވާހަކަފުޅުގައި ޒާމިރު ވަނީ ފިންލޭންޑާ ގުޅިގެން މަސައްކަތް ކުރައްވަން ދާއިރާތަކެއް ފާހަގަކުރައްވައިފައެވެ. އެއީ އުފެއްދުންތެރި އަދި ޑިޖިޓަލް ސިނާއަތްތަކާއި، ވުނަކުރުމުގެ ފުރުޞަތުތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން އަދި ޒަމާނީ މަސްވެރިކަމެވެ.

މީގެ އިތުރުން، ފަންނިއްޔާތާއި، ފެހި އީޖާދާއި ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުތަކުގެ ދާއިރާއިން ފިންލޭންޑްގެ ތަޖުރިބާއަކީ ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް މުހިންމު ކަމެއް ކަމުގައިވެސް ޒާމިރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދު ބޭއްވި މި ވެބިނާގެ މަޤުޞަދަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ހިއްސާކޮށް، ފިންލޭންޑްގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމެވެ.