Skip to content
ހޯމް » ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން އެތެރެކުރުން: ރައީސް

ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން އެތެރެކުރުން: ރައީސް

ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން އެތެރެކުރުން: ރައީސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ވިޔަފާރިކުރަން އުފައްދާފައި އޮތް ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގެ 9 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، އެންމެ މުހިންމު، އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެތެރެކުރުން ކަމަށާއި، މިއީކީއެއް އާންމުންކުރާ ވިޔަފާރިއަށް ވަނުމެއްނޫން ކަމަށާއި، މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި، މި ތަކެތި ލިބޭނެގޮތް ހެދުން ކަމަށެވެ.

“ބޭންކް އޮފް މޯލްޑިވްސްއިން ދުވަހަކު މީގެ ކުރިން ނުދޭވަރަށް ދީލަތިކޮށް ޑޮލަރުގެ ވަރަށް ވަރަށް ފުޅާ ފުރުޞަތެއް މިހާރު ވިޔަފާރިވެރިންނަށް އެބަދޭ އިނގޭތޯ. އެހެންވީމާ، ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ ފުރުޞަތު ކުރިއަށްވުރެ މާބޮޑަށް އެބަލިބޭ. އެހެންވީމާ، އަޅުގަނޑުމެން މި ހުރިހާ ކަމެއް ހަމަ ނަންބަރސް ޖަހައިގެން ދިރާސާކޮށް ހަދާފައި، މިވަނީ ކިހިނެއްކަން އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، މި ނިންމީ މިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް”، ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.

މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން ނިންމެވި ނިންމެވުމެކެވެ.