އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޖިއަންގްސޫ ފްރެންޑްޝިޕް ޑެލިގޭޝަނާ ބައްދަލުކުރައްވައިފިއެވެ.
މި ޑެލިގޭޝަންގައި އެންމެ އިސްކޮށް ހުންނެވީ ސީޕީސީ ޖިއަންގްސޫ ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ސްޓޭންޑިންގ ކޮމިޓީގެ މެންބަރު، މިސްޓަރ ޗޫ ޔޮންގްހޮންގް އެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި ޖިއަންގްސޫއާ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.