މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބައްލަވާލައްވައިފިއެވެ.
މި މެޗުގައި ބަންގްލަދޭޝާ ބައްދަލުކޮށް ރާއްޖޭގެ ޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މުޅި މުބާރާތުން ތިން ވަނައަށް ގޮސްފައިވަނީ ވެސް ދިވެހިރާއްޖޭގެ ޓީމެވެ. މިނިސްޓަރ ސަޢީދު މި މެޗު ބައްލަވާލައްވާފައިވަނީ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.