މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ޗެމްޕިއަން ޓީމަށް މެޑައްޔާއި ޗެމްޕިއަންޝިޕްގެ ޓްރޮފީ ހަވާލުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ބައިވެރިވެވަޑައިގެންފައިވަނީ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.