Skip to content
ހޯމް » މިނިސްޓަރ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޓަރ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޓަރ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ 92 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރައްވައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ވަނީ މުސްތަޤުބަލުގައިވެސް ސަޢޫދީއާއެކު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ވިޔަފާރިއާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަން ޔަޤީންކޮށްދެއްވައިފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ.