Skip to content
ހޯމް » ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ، އަނޫރާ ކުމާރާ ޑިސަނާޔަކެ އާ މިނިސްޓަރސަޢީދު ބައްދަލު ކުރައްވައިފި

ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ، އަނޫރާ ކުމާރާ ޑިސަނާޔަކެ އާ މިނިސްޓަރސަޢީދު ބައްދަލު ކުރައްވައިފި

ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ، އަނޫރާ ކުމާރާ ޑިސަނާޔަކެ އާ މިނިސްޓަރސަޢީދު ބައްދަލު ކުރައްވައިފި

ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެއާ ބައްދަލު ކުރައްވައިފި.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އަދުގެ ދުނިޔޭގައި ބަދަލުވަމުންދާ ވިޔަފާރީގެ މާޙައުލުގައި ޕާޓްނަރޝިޕްތައް ވަރުގަދަކުރުމާ ބެހޭ ގޮތުންނެވެ.

މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރު މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ، 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.