Skip to content
ހޯމް » މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ސީއާރުއެފް 2023 ގެ އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) ލިބިއްޖެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ސީއާރުއެފް 2023 ގެ އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) ލިބިއްޖެ

CRF Innovation Award 2023

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ސީއާރުއެފް 2023 ގެ އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) ލިބިއްޖެ

މިއަހަރުގެ ސީއާރުއެފްގެ އަހަރީ ކޮންފަރެންސްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ވަނީ ސީއާރުއެފް 2023 އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) ލިބިފައެވެ.

މި މިނިސްޓްރީން އަލަށް ތަޢާރަފްކުރެވުނު “ކޯޕަރޭޓް ޕްރޮފައިލް އަދި ވެރިފިކޭޝަން” އަށް ލިބުނު މިއެވޯޑްއަކީ މިމިނިސްޓްރީގެ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަށް އަގުވަޒަންކުރުމުގެ ގޮތުން ލިބިފައިވާ ފުރަތަމަ ބައިނަލްއަގްވާމީ އެވޯޑެވެ.

މި ޙިދުމަތުގެ ސަބަބުން 300 ސަރިވިސް ރިކުއެސްޓް ވަނީ ސަރވިސް ކިއު އިން އުނިކުރެވި – ކޯޕަރޭޓް ޕްރޮފައިލް ޝީޓް މެދުވެރިކޮށް އެ މަޢުލޫމާތު ލިބޭނެ ނިޒާމް ވަނީ ފަރުމާކުރެވިފައެވެ.

މިގޮތުން، ބިޒްނަސް ޕޯރޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނެރޭޓުކޮށް، އެހެން ފަރާތްތަކާ ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެވެ.

އަދި ބޭންކުތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަނަށް ވިޔަފާރިތަކުން ފޮނުވާ ޕްރޮފައިލް ޝީޓަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ކޮންމެ ޕްރޮފައިލް ޝީޓެއްގައި އެއަށް ހާއްސަ ވެރިފިކޭޝަން ކޯޑެއް އިންނާނެވެ.