ރާއްޖެ-އިންޑިއާ ބިޒްނަސް މީޓް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސަރުކާރާއި ވިޔަފާރިތައް ތަމްސީލްކުރައްވާ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިންވެސްޓް މޯލްޑިވްސް އާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާއި، ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީސް (ސީއައިއައި) އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގައި އަލަށް ޝާއިޢުކުރެވުނު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އާއި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދީފައިވެއެވެ.