Skip to content
ހޯމް » ރެޖިސްޓްރާރގެ ގެޒެޓުގައި ޝާއިޢުކުރުމަށް ލިކުއިޑޭޝަން ނޯޓިސް ބަލައިގަތުން

ރެޖިސްޓްރާރގެ ގެޒެޓުގައި ޝާއިޢުކުރުމަށް ލިކުއިޑޭޝަން ނޯޓިސް ބަލައިގަތުން

ރެޖިސްޓްރާރގެ ގެޒެޓުގައި ޝާއިޢުކުރުމަށް ލިކުއިޑޭޝަން ނޯޓިސް ބަލައިގަތުން

ރެޖިސްޓްރާރގެ ގެޒެޓުގައި ޝާއިޢުކުރުމަށް މިއަދުން ފެށިގެން ލިކުއިޑޭޝަން ނޯޓިސް ބަލައިގަންނަން ފަށާފައިވާ ވާހަކަ ދަންނަވަމެވެ·

  • މިގޮތުން ހުށަހަޅާ ހުރިހާ ނޯޓިހެއްވެސް ހުންނަންވާނީ ކަނޑައެޅިފައިވާ ފޯމެޓަކަށެވެ.
  • ކޮންމެ ދުވަހެއްގެވެސް މެންދުރު 1400 ގެ ފަހުން ލިބޭ ނޯޓިސް ޝާއިޢުކުރެވޭނީ، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހަކުއެވެ.
  • ހުށަހެޅުންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކުންފުންޏަކުން އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު މެދުވެރިކޮށެވެ.
  • މި ޚިދުމަތަށް އެދި ހުށަހަޅަންވާނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.
  • މި ޚިދުމަތަށް އެދުމަށް، ބިޒްނަސް ޕޯޓަލްގެ ޖެނެރަލް ސަރވިސް ރިކުއެސްޓްގެ ދަށުން،
    Request to Place a Notice in Registrar’s Gazette
    މި ފޯމު ޚިޔާރުކުރެއްވޭނެއެވެ.

ލިކުއިޑޭޓަރުންގެ ހުށަހެޅުއްވުންތައް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ޝާއިޢުކުރުމަށް، މަތީގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށް ނޯޓިސްތައް ފޮނުވުމަށް ދެންނެވީމެވެ.