ރެޖިސްޓްރާރގެ ގެޒެޓުގައި ޝާއިޢުކުރުމަށް މިއަދުން ފެށިގެން ލިކުއިޑޭޝަން ނޯޓިސް ބަލައިގަންނަން ފަށާފައިވާ ވާހަކަ ދަންނަވަމެވެ·
- މިގޮތުން ހުށަހަޅާ ހުރިހާ ނޯޓިހެއްވެސް ހުންނަންވާނީ ކަނޑައެޅިފައިވާ ފޯމެޓަކަށެވެ.
- ކޮންމެ ދުވަހެއްގެވެސް މެންދުރު 1400 ގެ ފަހުން ލިބޭ ނޯޓިސް ޝާއިޢުކުރެވޭނީ، ޖެހިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހަކުއެވެ.
- ހުށަހެޅުންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކުންފުންޏަކުން އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު މެދުވެރިކޮށެވެ.
- މި ޚިދުމަތަށް އެދި ހުށަހަޅަންވާނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.
- މި ޚިދުމަތަށް އެދުމަށް، ބިޒްނަސް ޕޯޓަލްގެ ޖެނެރަލް ސަރވިސް ރިކުއެސްޓްގެ ދަށުން،
Request to Place a Notice in Registrar’s Gazette
މި ފޯމު ޚިޔާރުކުރެއްވޭނެއެވެ.
ލިކުއިޑޭޓަރުންގެ ހުށަހެޅުއްވުންތައް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ޝާއިޢުކުރުމަށް، މަތީގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށް ނޯޓިސްތައް ފޮނުވުމަށް ދެންނެވީމެވެ.