އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސްރީލަންކާ ބިޒްނަސް ކައުންސިލް އޮފް ދަ މޯލްޑިވްސް އާއެކު، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އަލަށް އެކުލަވާލި ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނާއި އިޞްލާޙުކުރެވިފައިވާ އެންޓްރީ ރިކުއަރމަންޓްސް އާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.