2025 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން ކަސްޓަމްސް އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ޖުލައި މަހު ރާއްޖެއަށް 923 މިލިއަން ރުފިޔާގެ ތެލާއި، 859 މިލިއަން ރުފިޔާގެ ކާބޯތަކެއްޗާއި، 735 މިލިއަން ރުފިޔާގެ މެޝިނަރީ އާއި އިލެކްޓްރިކަލް ސާމާނު އެތެރެކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. މިގޮތުން ޗައިނާއިން 712 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާއިން 704 މިލިއަން ރުފިޔާ އާއި، އެކުވެރި ޢަރަބި ޢިމާރާތުން 622 މިލިއަން ރުފިޔާގެ މުދަލާއި، އޮމާނުން 513 މިލިއަން ރުފިޔާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 210 މިލިއަން ރުފިޔާގެ މުދަލެވެ.