Skip to content
ހޯމް » އިންވެސްޓް މޯލްޑިވްސް އިން ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދީފި

އިންވެސްޓް މޯލްޑިވްސް އިން ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދީފި

އިންވެސްޓް މޯލްޑިވްސް އިން ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދީފި

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ފިންލޭންޑްގެ އެމްބަސީ އަދި ބިޒްނަސް ފިންލޭންޑް ގުޅިގެން މިއަދު ބޭއްވި ވެބިނާގައި އިންވެސްޓް މޯލްޑިވްސް އިން ރާއްޖޭގައި ހުރި މުހިންމު ވިޔަފާރިއާއި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުށަހަޅައިދީފިއެވެ.

މިގޮތުން މި ވެބިނާގައި ރާއްޖޭގެ އިންވެސްޓްމަންޓް ނިޒާމާއި، ޖެހިޖެހިގެން ފަސް އަހަރު ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑު ލިބިފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލަމުން އިންވެސްޓް މޯލްޑިވްސް އިން ވަނީ ރިސޯޓާއި ގެސްޓްހައުސް ތަރައްގީކުރުމާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަމާއި ރިއަލް އެސްޓޭޓް، އައިސީޓީ އަދި ކްރިއޭޓިވް އިންޑަސްޓްރީތަކުގައި ހުރި ފުރުސަތުތައް ފާހަގަކޮށްފައެވެ.

މީގެ އިތުރުން އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރި ކުރުވުމަށް ތަޢާރަފްކުރުމަށް ނިންމާފައިވާ ޕާލް ވިސާ ޕްރޮގްރާމާއި ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ފަދަ އިންސެންޓިވްތަކަށްވެސް މިއަދުގެ ޕްރެޒެންޓޭޝަންގައި އަލިއަޅުވާލާފައިވެއެވެ.