ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން
ޚުލާސާ
ޗައިނާ-ދިވެހިރާއްޖެ ފްރީ ޓްރޭޑް އެގްރީމެންޓަކީ ދިވެހިރާއްޖެއިން ބޭރުގެ ޤައުމަކާއެކު ވެފައިވާ ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމާއި ދިވެހިރާއްޖެއިން އެކްސްޕޯރޓްކުރާ އުފެއްދުންތަކާއި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކުން ޖާގަ ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞުއްވަރުގެ ތެރެއިން ތަންފީޒު ކުރަން ފެށިފައިވާ އެއްބަސްވުމެކެވެ. އަދި މިއީ ތަރައްޤީގެ މަގުގައި އެއްޤައުމުން އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދެޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމަކީ، ޗައިނާއާއި ދިވެހިރާއްޖެއަކީ ދެ ޤައުމުގެ ބޮޑުމިނާ އިޤްތިޞާދާއި އާބާދީގައި ބޮޑު ފަރަޤެއް ހުރި ނަމަވެސް، ދެޤައުމަށްވެސް ފައިދާވާނެ ގޮތަށް އެކުގައި މަސައްކަތް ކުރެވިދާނެކަން ދައްކައިދޭ ތާރިޚީ މުހިންމު އެއްބަސްވުމެކެވެ.
އެއްބަސްވުމުގެ ލިޔުންތައް
އެނެކްސްތައް
- އެނެކްސް 1 – އޭ : ޗައިނާގެ ޓެރިފް ތާވަލު – އާންމު ނޯޓުތައް އަދި ޓެރިފް އިލްތިޒާމުތަކުގެ ތާވަލު (އިނގިރޭސި)
- އެނެކްސް 1 – ބީ : ދިވެހިރާއްޖޭގެ ޓެރިފް ތާވަލު – އާންމު ނޯޓުތައް އަދި ޓެރިފް އިލްތިޒާމުތަކުގެ ތާވަލު (އިނގިރޭސި)
- އެނެކްސް 2 – ޕްރޮޑަކްޓް ސްޕެސިފިކް ރޫލްސް (އިނގިރޭސި)
- އެނެކްސް 3 – ސެޓްފިކެޓް އޮފް އޮރިޖިންގެ ފޯމެޓް (އިނގިރޭސި)
- އެނެކްސް 4 – ޚިދުމަތުގެ ވިޔަފާރި (އިނގިރޭސި)
- އެނެކްސް 5 – އޭ : ޗައިނާގެ ޚާއްޞަ އިލްތިޒާމުތަކުގެ ތާވަލު (އިނގިރޭސި)
- އެނެކްސް 5 – ބީ : ދިވެހިރާއްޖޭގެ ޚާއްޞަ އިލްތިޒާމުތަކުގެ ތާވަލު (އިނގިރޭސި)
- އެނެކްސް 6 – ބައިނަލްއަޤްވާމީ ޢުރުފު (އިނގިރޭސި)
- އެނެކްސް 7 – އެކްސްޕްރޮޕްރިއޭޝަން (އިނގިރޭސި)
- އެނެކްސް 8 – ޗެޕްޓަރ 9 ގެ ސެކްޝަން ބީ ގެ ދަށުން ބައިވެރިންނަށް ލިޔެކިޔުންތައް ރައްދުކުރުން (އިނގިރޭސި)
- އެނެކްސް 9 – އާބިޓްރަލް ޓްރައިބިއުނަލްގެ އިޖުރާއީ ގަވާއިދުތައް (އިނގިރޭސި)