ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އޫރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީ.އީ.އޯ އަލްފާޟިލް ޝާދީ ގަވާސްމީ ވަނީ ޖަލްސާގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، މި ތާރީޚީ ފުރުސަތު ހޯދުމަށް ކުރެވުނު ގުޅިފައިވާ މަސައްކަތްތަކާއި ދެވުނު ޚާއްޞަ އިސްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާންމު ފަރުދުން ބާރުވެރިކުރުވައި، ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި އިތުބާރާއެކު ބައިވެރިވުމަށް ދިވެހިންނަށް އޫރީދޫ މެދުވެރިކޮށް ހުޅުވިގެންދާ އާ ފުރުސަތުތަކުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.