ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން، ދެ ޤައުމުގެ ފަންނީ މަސައްކަތު ގްރޫޕްތަކުގެ މެދުގައި ބޭއްވި ޚާއްޞަ ވާޗުއަލް ބައްދަލުވުމެއް 9 ޖޫން 2026 ގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ޑިޖިޓަލް ބަދަލުތައް (Digital Transformation) ގެނައުން ހަލުވިކުރުމަށާއި، ދެ ޤައުމުގެ ތަރައްޤީއާއި އީޖާދީ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ޑިޖިޓަލް އިޤްތިޞާދު ހަރުދަނާކުރުމާ ގުޅޭގޮތުން އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.