މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ގުޅިގެން، ސިނާޢީ ދާއިރާގެ މުހިންމު ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ބިދޭސީންގެ ކޯޓާ ހޯދުމުގައާއި އެއާ ގުޅުންހުރި ޚިދުމަތްތައް ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމެވެ.
މީގެ އިތުރުން، ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް، މުޅި ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް މާޙައުލު އިތުރަށް ލުއިފަސޭހަކޮށްދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރާއި ސިނާޢީ ދާއިރާގެ ބައިވެރިން ވަނީ އެއްބަސްވެފައެވެ.