މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު،2025 އޭޝިއާ ޕެސިފިކް ހޮޓަލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ހޮސްޕިޓާލިޓީ ޕާޓްނަރޝިޕްތައް އާލާކުރުމާއި، ފަތުރުވެރިކަމާ ގުޅުންހުރި އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ އައު ފުރުޞަތުތައް ހޯދުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވެފައިވެއެވެ.
މި ކޮންފަރެންސް އޮތީ ސެޕްޓެންބަރު 25 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.