Skip to content
ހޯމް » ބިޒްނަސް ކައުންސިލްގެ 12 ވަނަ ބައްދަލުވުން ބާއްވައިފި

ބިޒްނަސް ކައުންސިލްގެ 12 ވަނަ ބައްދަލުވުން ބާއްވައިފި

ބިޒްނަސް ކައުންސިލްގެ 12 ވަނަ ބައްދަލުވުން ބާއްވައިފި

ބިޒްނަސް ކައުންސިލްގެ 12 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.

ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދެވެ.

މި ބައްދަލުވުމުގައި ވަނީ އައު ފޮރިން އިންވެސްޓްމަންޓް ޕޮލިސީގެ އެންޓްރީ ރިކުއަރމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

 މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއިން ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓިރަރީ އެންޑް އާޓިސްޓިކް ވޯކްސްގައި ބައިވެރިވުމަށް ނިންމި ނިންމުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.