މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ވަނަ ޢިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ އިފްތިތާޙްކޮށްދެއްވައިފިއެވެ.
“ބިލްޑިން އަ ލާނިން ސޮސައިޓީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް” މި ޝިއާރުގެ ދަށުން މި މަހާސިންތާގައި ބާރުއަޅާފައިވަނީ އޯޕަން ޑައިލޮގް، ރިސާޗް ކޯލަބްރޭޝަން، އަދި ޢިލްމީގޮތުން ކުރިއަރާފައިވާ މުސްތަގުބަލެއް އާލާކުރުމަށް ޚިޔާލު ބަދަލުކުރުމަށެވެ.
މި މަހާސިންތާ ކުރިއަށްގެންގޮސްފައިވަނީ 21 – 22 ސެޕްޓެންބަރު 2025 އަށެވެ.