މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ސަޢީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދެވެ.
މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ވިޔަފާރިވެރިންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި މަޢުލޫމާތު ދިނުމުގެ ސެޝަނެއްގައި މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލައްވައި، މި ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ.