Skip to content
ހޯމް » ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕުރޮގުރާމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބުރު ކުރިއަށްގެންގޮސްފި

ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕުރޮގުރާމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބުރު ކުރިއަށްގެންގޮސްފި

ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕުރޮގުރާމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބުރު ކުރިއަށްގެންގޮސްފި

ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕުރޮގުރާމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބުރު ކުރިއަށްގެންގޮސްފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ބޭއްވި ސަރުކާރުން ކުރިއަށް ގެންދާ ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބުރު މި ސެޕްޓެންބަރު މަހުގެ 14 އިން 18 އަށް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މި ބުރުގައިވެސް ސަރުކާރުގެ މުއައްސަސާތަކާއި ޕްރައިވެޓް ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

މި ފިޔަވަހީގައި މަޝްވަރާކުރައްވާފައިވަނީ ޕުރޮގުރާމު ޑިޒައިނާއި ޕޮލިސީ އަދި ޤާނޫނީ އޮނިގަނޑުތައް އެކުލަވާލުމާ ގުޅޭގޮތުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހެންލޭ އެންޑް ޕާޓްނަރޒް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 01 ޖުލައި 2025 ގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ މަންޒިލެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެއެވެ.