Skip to content
ހޯމް » އަލީބާބާ.ކޮމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭ: މިނިސްޓަރ ސަޢީދު

އަލީބާބާ.ކޮމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭ: މިނިސްޓަރ ސަޢީދު

އަލީބާބާ.ކޮމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭ: މިނިސްޓަރ ސަޢީދު

އަލީބާބާ.ކޮމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ މާކެޓަކަށް އެކްސެސް ލިބޭ ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ މިނިވަން ވިޔަފާރީގެ ފުރިހަމަ ނަތީޖާ އަދި ފުރުސަތުތައް  ފަހިކުރުމުގައި ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމުގައިވާ އަލީބާބާ.ކޮމް އާއެކު ކުރިއަށްގެންދެވުނު މަޝްވަރާގައި ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ބައިވެރިވި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުތަކުގެ މާކެޓަކަށް އެކްސެސްލިބޭ ކަމަށާއި، އެއީ 40 މިލިއަން އެކްޓިވް ބަޔާސް ނުވަތަ މުދާ ގަންނަ ފަރާތްތައް ކަމަށެވެ.

“ޝައުގުވެރިވާ ފަރާތްތައް ގިނަކަން ފާހަގަކޮށް ރާއްޖޭގެ ޕްރޮޑަކްޓްސް ލިސްޓުކުރުމިގައި އެކުގައި މަސައްކަތްކޮށްދޭން އެފަރާތުން އެއްބަސްވެފައިވުމަކީ ލިބިގެންދާ ކާމިޔާބެއް”، މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓްސް ހުޅުވުމަށް އަރާ ދަތިތައް ޙައްލުކޮށްދޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ.