Skip to content
ހޯމް » މިދިޔަ ހަފުތާގައި އެމްޕީއެލް އިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފި

މިދިޔަ ހަފުތާގައި އެމްޕީއެލް އިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފި

މިދިޔަ ހަފުތާގައި އެމްޕީއެލް އިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފި

މިދިޔަ ހަފުތާގެ ތެރޭގައި 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލް އިން އާންމުކުރި ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރާއި 40 ފޫޓުގެ 403 ކޮންޓެއިނަރު ހިމެނެއެވެ.

މިދިޔަ ހަފުތާގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. މިގޮތުން 14،540 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 11،617 ޕެކޭޖުގެ ފިޔާ، 5،415 ޕެކޭޖުގެ ކަރާ، 5،647 ޕެކޭޖުގެ އަލުވި، 3،672 ޕެކޭޖުގެ ޓޮމާޓޯ އަދި 1،819 ޕެކޭޖުގެ އަލަނާސިވެސް ކްލިއާކޮށްފައިވެއެވެ.

މީގެ އިތުރުން 2،157 ޕެކޭޖުގެ ކެބެޖާއި، 2،087 ޕެކޭޖުގެ ދޮންކޭލާއި، 806 ޕެކޭޖުގެ ބަރަބޯ އަދި 539 ޕެކޭޖުގެ ސްވީޓް މެލަންވެސް މިދިޔަ ހަފުތާގައި އެމްޕީއެލް އިން ކްލިއާކޮށްފައިވެއެވެ.

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި 3 ކޮންޓެއިނަރު އުޅަނދާއި 3 ޖެނެރަލް ކާގޯ އުޅާނދު ހޭންޑަލްކޮށްފައިވެއެވެ.