އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފިންލޭންޑްގެ އެމްބަސީ އަދި ބިޒްނަސް ފިންލޭންޑް ގުޅިގެން ބޭއްވި ވެބިނާއެއްގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އަލިއަޅުވާލައިފިއެވެ.
އެ ވުޒާރާގެ ޕްރެޒެންޓޭޝަންގައި ވަނީ ރާއްޖޭގެ ރިސޯޓްތަކާއި ހޮޓަލްތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި 65،000 އަށް ވުރެ ގިނަ އެނދު ހުރިއިރު، ރާއްޖެއިން ވަނީ މިދިޔަ އަހަރު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައިވާއިރު، މި ހިނގާ 2024 ވަނަ އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމުގައި ފާހަގަކޮށްފައެވެ.
ފަސް ބައިނަލްއަގްވާމީ އެއާޕޯޓާއި، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހިމެނޭ ގޮތަށް ހަރުދަނާ ބިނާރާއެކު، ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި %100 ބޭރު ފަރާތްތަކުގެ ހިއްސާއާއެކު 50 އަހަރަށް ބިން ދޫކުރުމުގެ ސިޔާސަތުތަކާއެކު، ރާއްޖެއަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް މުސްތަޤުބަލުގައި މަރުޙަބާ ކިޔުމަށް ތައްޔާރަށް އޮތް މަންޒިލެކެވެ.